އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުމުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ

26 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުމުގެ މަސައްކަތް ޙަވާލު ކުރެވިފައިވާ ކޮންޓްރެކްޓަރ މަސައްކަތުގެ މުއްދަތު އިތުރުކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލައާއި ގުޅިގެން ހުށަހެޅިފައި ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު މައްސަލައާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުން މަދުކަން ފާހަގަ ކުރެވޭ ކަމަށާއި، މިބާވަތުގެ މައްސަލަ ކައުންސިލަށް ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ހިމެނޭ ލިޔުންތައް ފުރިހަމަ ކުރުމަށް ސެކްޝަން ތަކުން ސަމާލުކަން ދެއްވުމަށާއި، މިފަދަ މައްސަލަތައް ކައުންސިލް ބިއުރޯއަށް ބަލައިގަތުމުގައި މަޢުލޫމާތު މަދުކޮށް ހުށަހެޅޭ ލިޔެ ކިޔުން ބަލައި ނުގަތުމަށް ސަމާލުކަން ދެއްވުމަށާއި، މިމައްސަލަ މިއިދާރާގައި ކުރިއަށް ގެންދަން ފެށުނު ހިސާބުން، މިއަދާހަމައަށް މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯރޓެއް ތައްޔާރުކޮށް މައްސަލަ ކުރިއަށް ގެނދިއުމަށް ބޭނުންވާ ޤާނޫނީ ލަފައާއެކު އަލުން މައްސަލަ ކައުންސިލަށް ހުށަހެޅުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ހިޔާޟް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/299

ތާރީޚް: 26 ޑިސެމްބަރ 2017