ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/031 |
|
ބޭއްވުނު ތާރީޚް: 09 ފެބްރުވަރީ 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 37 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުން ނުކުރެވޭ ތަކެތީގެ ތެރޭގައި ހިމެނޭ ފަރުނީޗަރ، މެޝިނަރީ އިކުއިޕްމަންޓް އާއި އައިޓީ ހާރޑްވެއަރ ފަދަ ތަކެތި ނީލަން ކިޔުމުގެ މައްސަލައަށް ގޮތެއް ނިންމަވައިދެއްވުން އެދި ހުށަހަޅާ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ނީލަން ކިޔުމަށް ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ ބައެއް ތަކެއްޗަކީ މަރާމާތުކޮށްގެން ކައުންސިލަށް ބޭނުން ހިފޭނެ ތަކެތި ކަމުގައި ފާހަގަކުރެވޭތީ، މިފަދަ ތަކެތި އިތުރަށް ބަލައި ފާހަގަކޮށް، އެތަކެތި ލިސްޓުން އުނިކުރުމަށްފަހު އަލުން ކައުންސިލަށް ލިސްޓު ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދް ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުން ނުކުރެވޭ ތަކެތި ނީލަން ކިޔުމުގެ މައްސަލަ