އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުރި ބާ ތަކެތި މާލިއްޔަތު ގާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ނީލަން ކިޔުމުގެ ހުއްދައަށް އެދި.

3 އޯގަސްޓް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/132

ބޭއްވުނު ތާރީޚް:  03 އޮގަސްޓް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 59 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ އަވަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުރި ބާ ތަކެތި މާލިއްޔަތު ގާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ނީލަން ކިޔުމުގެ ހުއްދައަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށުއޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މަރަދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ ގޮތަށް ވީހާވެސް އަވަހަކަށް ގަވާޢިދާއި އެއްގޮތަށް ނީލަން ކިޔުމުގެ ހުއްދަ ކައުންސިލުން ދެއްވުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙާލިދާ މުހައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/132

ތާރީޚް: 3 އޯގަސްޓް 2022