އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އ.ތ.މ ކޮމެޓީ އާއި ހުޅުދޫ އަވަށު އޮފީސް ގުޅިގެން ހުޅުދޫގައި ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމާއި ގުޅޭ

5 ޖުލައި 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/081

ބޭއްވުނު ތާރީޚް:  05 ޖުލައި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 106 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ހުޅުދޫ އަވަށު އޮފީސް ގުޅިގެން ހުޅުދޫގައި ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމަށް. ހުޅުދޫ އަވަށު އޮފީހުގެ އެކްޓިވިޓީ 3.1.16.8.2.1 (ހުޅުދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުން) ބަޖެޓް ކޯޑު 226008 އިން ޚަރަދު ހަމަޖެއްސުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ހުޅުދޫ އަވަށު އޮފީހާއި ގުޅިގެން ހުޅުދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމަށްޓަކައި، ހުޅުދޫ އަވަށު އޮފީހުގެ އެކްޓިވިޓީ 3.1.16.8.2.1 (ހުޅުދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުން) ބަޖެޓް ކޯޑު 226008 އިން ހަރަދުކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/081

ތާރީޚް: 5 ޖުލައި 2023