އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި

5 ޖުލައި 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/082

ބޭއްވުނު ތާރީޚް:  05 ޖުލައި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 106 ވަނަ ޖަލްސާ)

މައްސަލަ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 40 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، ޙުސައިން ފައިޒުއްރަޙްމާން

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

1. ޓެލެކޮމިއުނިކޭޝަން ބޭސްއެއް ހެދުމަށް ސ.މަރަދޫއިން ދިރާގަށް ދޫކޮށްފައިވާ ނަންބަރު: 95/S-3/1 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

2. ޓެލެކޮމިއުނިކޭޝަންގެ ޙިދުމަތަށް ސ.ހުޅުދޫ އިން ދިރާގަށް ދޫކޮށްފައިވާ ނަންބަރު : 2003/S-6-1/56 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

3. ޓެލެކޮމިއުނިކޭޝް ބޭސްއެއް ހެދުމަށް ސ.ފޭދޫ އިން ދިރާގަށް ދޫކޮށްފައިވާ 2000 އަކަފޫޓްގެ ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 05 ވޯޓު

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 

4. ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ގޮއްޕެއް ޤާއިމް ކުރުމަށް ސ.މީދޫ އިން ދޫކޮށްފައިވާ ނަންބަރު: 97/S-1/01 ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 05 ވޯޓު

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 

5. އައްޑޫސިޓީ މަރަދޫފޭދޫ ގުލްޝަންވިލާ/ ޙަސަން ނަޖުމީއަށް މަރަދޫފޭދޫން ކުއްޔަށް ދޫކޮށްފައިވާ ނަންބަރު  (AGR)426-EA/INDIV/2015/43 އެއްބަސްވުމުގެ ދަށުން އެބިމުގައި ޑައިވިން ސްކޫލެއް ހިނގުމާއި އަދި އެފަދަ ހަރަކާތްތަކާއި ގުޅުން ހުރި ވިޔަފާރި ކުރުމާއި މެދު އިޢުތިރާސެއް ނެތް ކަމުގެ ލިޔުމެއް ހޯދުމަށް އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

6. އިބްރާޙިމް ޞަބްރީ ބިންބިމާގޭ/ ސ.ހިތަދޫ އާއި ދެމެދު ވެވިފައިވާ ނަންބަރު: 426-PD/S2/2012/51 އެއްބަސްވުމުގެ ދަށުން ކުލީ ގެ ގޮތުގައި ދައްކަން ޖެހިފައވާ 8 މަސް ދުވަހުގެ ކުލި 18 މަސްދުވަހަށް ބައިކޮށް ކޮންމެ މަހެއްގެ ކުލިއާއި އެއްކޮށް ދެއްކޭން ގޮތަށް އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

7. ހިތަދޫ "ފެޅިގާ" މުޙައްމަދު ނަސީމު ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ " ދެރަހަ ގޯތި ކުރިން ސ.ހިތަދޫ ވާރޭވިލާ މުޙައްމަދު އިބްރާޙިމް ގެ ނަމުގައި އޮތް "އަރިނަގާ" ގޯއްޗަށް ބަދަލުކޮށްދެއްވުމަށް މުޙައްމަދު ނަސީމު އެދިފައިވާ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 05 ވޯޓު

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 

8. ޓެލެކޮމިއުނިކޭޝަންގެ ޙިދުމަތަށް ސ.ފޭދޫ އިން އުރީދޫ މޯލްޑިވްސްއަށް ދޫކޮށްފައިވާ 2743.72 އަކަފޫޓްގެ ކުލީ ބިމުގެ ކުލި ރިވިއުކޮށް މިހާރު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ކުލި ނެގުމާއި މެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/082

ތާރީޚް: 5 ޖުލައި 2023