އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގަރާޖް ވޯކްޝޮޕް ހިންގުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއި ގުޅޭ

13 ޖުލައި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/086

ބޭއްވުނު ތާރީޚް:  13 ޖުލައި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 107 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހިތަދޫ އިން 4 (ހަތަރެއް) ބިމެއް ގަރާޖް ވޯކްޝޮޕް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:  (IUL)426-AE/426/2023/176 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ، ނަންބަރު 2ވަނަ ބިމުގެ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ހިތަދޫ އިން 4 (ހަތަރެއް) ބިމެއް ގަރާޖް ވޯކްޝޮޕް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:  (IUL)426-AE/426/2023/176 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ،  ބިމުގެ ނަންބަރު 2 އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ސިޓީ އޮޓޯކެއަރ އަށް ބިޑު  އެވޯޑުކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، މުޙައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  00 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/086

ތާރީޚް: 13 ޖުލައި 2023