އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޭޖް އުޞޫލުން 10 މުވައްޒަފުން ނެގުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

25 ޖުލައި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/090

ބޭއްވުނު ތާރީޚް:  25 ޖުލައި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 108 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ވޭޖް އުޞޫލުން 10 މުވައްޒަފުން ނެގުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ކައުންސިލުން ބޭނުންވާ ޑޭޓާތައް އެންޓަރކުރުމަށް ވޭޖް އުޞޫލުން "ޑޭޓާ އެންޓްރީ އޮފިސަރ" ގެ ނަމުގައި ޙަވާލުކުރެވޭ މަސައްކަތް ނިމެންދެން، މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް -/ 250 ރުފިޔާގެ ރޭޓުން، ތިރީގައިވާ ޝަރުތުތަކާއި އެއްގޮތަށް 10 މުވައްޒަފުން ނެގުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމުގެ ޝަރުތު:

1. އޯލެވެލް ނިންމާފައިވުން

2. މައިކްރޯސޮފްޓް ޕެކޭޖަށް ފަރިތަ ފަރާތަކަށްވުން

3. ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/090

ތާރީޚް: 25 ޖުލައި 2023