އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ބިމުގެ ބިޑުތައް އިވެލުއޭޓްކޮށް ބިޑު އެވޯޑުކުރުމާއިމެދު ގޮތެއް ނިންމުމާއި ގުޅޭ

25 ޖުލައި 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/092

ބޭއްވުނު ތާރީޚް:  25 ޖުލައި 2023

ޖަލްސާ:2023  ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 108 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/242 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ އާއި  ރިޕޯޓަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/242 އިޢްލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އިވެލުއޭޓްކުރެވިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ  މިލާނޯ ފުޑްކޯޓަށް ބިޑު  އެވޯޑު ކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/092

ތާރީޚް: 25 ޖުލައި 2023