އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވުނު އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް އެލެވެންސް ހަމަޖެއްސުމާއި ގުޅޭ

3 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/096

ބޭއްވުނު ތާރީޚް: 03 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 109 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވުނު އަވަށްތަކުގެ އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް އެލެވެންސް ހަމަޖެއްސުމާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ގޯތި ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ލިބޭމީހުން ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ އަވަށްތަކުގެ އިވެލުއޭޝަން ކޮމިޓީގައި މިހާރު  ނުނިމިހުރި މަސައްކަތް ގިނަވެގެން 10 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެއްސުމާއި، މި މުއްދަތަށް އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300ރުފިޔާ ގެ އެލެވެންސެއް ހަމަޖެއްސުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  04 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/096

ތާރީޚް: 3 އޯގަސްޓް 2023