އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާހެރަގެ އިރުން ފަސްގަނޑުގެ އުތުރުން 100 މީޓަރ ރޭޑިއަސްއެއް ހިމާޔަތް ކުރުމާއި ގުޅޭ

3 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/097

ބޭއްވުނު ތާރީޚް: 03 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 109 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މާހެރަގެ އިރުން ފަސްގަނޑުގެ އުތުރުން 100 މީޓަރ (ފަޅުން ބޭރުން) ރޭޑިއަސްއެއްގައި ޑައިވްކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ އެސަރަހައްދު ހިމާޔަތް ކުރުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މާހެރަގެ އިރުން ފަސްގަނޑުގެ އުތުރުން 100 މީޓަރ (ފަޅުން ބޭރުން) ރޭޑިއަސްއެއްގައި ޑައިވްކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ އެސަރަހައްދު ހިމާޔަތް ކުރުމާއި މަސްވެރިކަން ނުކުރާ ސަރަޙައްދަކަށް ހެދުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  00 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/097

ތާރީޚް: 3 އޯގަސްޓް 2023