އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫގައި އެޅުމަށް ހަމަޖެހިފައިވާ ހިނަވާގެ ޢިމާރާތްކުރާ ބިމާއި ގުޅޭ

10 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/098

ބޭއްވުނު ތާރީޚް: 10 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 110 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

426-PD/2013/58 އެގްރީމަންޓްގެ ދަށުން ދޫކޮށްފައިވާ ކުލީބިން، މަރަދޫގައި ހިނަވާގެއެއް ޢިމާރާތްކުރުމަށްޓަކައި  ޢަދުލުވެރި ބަދަލުދިނުމަށްފަހު ކައުންސިލަށް ނެގުން އަދި މިބިމަކީ މަރަދޫގައި އެޅުމަށް ހަމަޖެހިފައިވާ ހިނަވާގެ ޢިމާރާތްކުރާ ބިންކަމުގައި ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

          މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، "426-PD/2013/58 އެގްރީމަންޓްގެ ދަށުން ދޫކޮށްފައިވާ ކުލީބިން، މަރަދޫގައި ހިނަވާގެއެއް ޢިމާރާތްކުރުމަށްޓަކައި ޢަދުލުވެރި ބަދަލު ދޭންޖެހޭނަމަ ދިނުމަށްފަހު ކައުންސިލަށް ނެގުން އަދި މިބިމަކީ މަރަދޫގައި އެޅުމަށް ހަމަޖެހިފައިވާ ހިނަވާގެ ޢިމާރާތްކުރާ ބިންކަމުގައި ހަމަޖެއްސުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ނާދިރު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/098

ތާރީޚް: 10 އޯގަސްޓް 2023