އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ސްކޫލް ހިންގި ޢިމާރާތް ޕާޓީތަކާއި އެހެނިހެން ހަފްލާތަކަށް ޢާއްމު ފަރާތްތަކަށް ކުއްޔަށް ދިނުމާއި މެދު ގޮތެއް ނިންމުން

10 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/100

ބޭއްވުނު ތާރީޚް: 10 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 110 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ ސްކޫލް ހިންގި ޢިމާރާތް ޕާޓީތަކާއި އެހެނިހެން ހަފްލާތަކަށް ޢާއްމު ފަރާތްތަކަށް ކުއްޔަށް ދިނުމާއި މެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

             މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އާންމު ކޮމިޓީއަށް މި މައްސަލަ ހުށަހަޅައި ކޮމިޓީއިން ދިރާސާކޮށް އުސޫލު ތައްޔާރުކުރުމަށްފަހު އުސޫލާއި އެއގޮތަށް ކުރިއަށް ގެންދިޔުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/100

ތާރީޚް: 10 އޯގަސްޓް 2023