އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ހިއްކި ބިމުން ހައުސިންގ މަޝްރޫއު އަށް ބޭނުންވާ ބިން ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

10 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/101

ބޭއްވުނު ތާރީޚް: 10 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 110 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ހިއްކި ބިމުން ހައުސިންގ މަޝްރޫއު އަށް ބޭނުންވާ ބިން ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

        މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫސިޓީ ފޭދޫ ގެ ލޭންޑް ޔޫޒް ޕްލޭން ނިމި، ކޮމާޝަލް ޒޯންގެ ގޮތުގައި ފާހަގަކޮށްފައިވާ 65 ވަނަ ޕްލޮޓް ނަންބަރ  ސަރަހައްދުގައި (އޭރިއާ 71،508.5 އަކަފޫޓް) އައްޑޫގެ އުމުރާނީ ތަރައްގީއަށް މަތީ ފެންވަރުގެ ބޯހިޔާވަހިކަމުގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ޚިދުމަތަށް އަމާޒުކޮށް ކޮންޑޮމީނިއަމް ގާއިމުކުރުމަށް ބިން ހަމަޖެއްސުމަށާއި މި ކޮންޑޮމީނިއަމްގައި މަދުވެގެން 200 ކޮޓަރި ހިމޭނޭގޮތަށް ޑިޒައިން ކުރާގޮތަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުހައްމަދު ފައިސަލް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  04 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/101

ތާރީޚް: 10 އޯގަސްޓް 2023