އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫ ދޮންލަފަރުގޭގައި ހިނގި އަލިފާނުގެ ހަދިސާއާއި ގުޅިގެން އެފަރާތަށް އެހީ ހަމަޖެއްސުމަށް

6 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

11ފެބްރުވަރީ 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސ.ހިތަދޫ ދޮންލަފަރުގޭގައި ހިނގި އަލިފާނުގެ ހަދިސާއާއި ގުޅިގެން އެފަރާތަށް އެހީ ހަމަޖެއްސުމަށް އެދި 

މައްސަލަ ހުށަހެޅި ފަރާތް:  ހިތަދޫ އަވަށު އޮފީސް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށް ފެންނަކަމަށާއި، މައްސަލާގައި ބަޔާންކުރެވިފައިވާ  ދޮންލަފަރުގޭގައި އަލިފާނުގެ ޙާދިސާ ހިނގައި އެ ގޭގައި ދިރިނުއުޅެވޭ މިންވަރަށް ގެ ވީރާނާވެ ގެއްލުން ވެފައިވާތީ، ސަރުކާރުގެ ކަމާއި ގުޅޭ އިދާރާ ތަކުގެ ސަމާލުކަމަށް މިޙާދިސާއާއި ގުޅޭ މަޢުލޫމާތު ގެންގޮސްފައިވާ ކަމަށާއި،

ކުއްލި ޙާލަތުގައި ކައުންސިލްތަކަށް ސަރުކާރުން އެހީދޭންވާކަން ކަނޑައަޅައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 72ވަނަ މާއްދާގައި " މިޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ އެހީގެ އިތުރުން ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މާލީ، ފަންނީ ނުވަތަ އެހެނިހެން އެހީ ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެއެވެ." ބަޔާން ކުރެވިފައިވީ ހިނދު،  މިމައްސަލައާއި ގުޅިގެން  ދޮންލަފަރުގޭގައި ދިރިއުޅޭ ޢާއިލާ އަށް ލިބުނު ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓަށް ހުށަހެޅުނު މައްސަލައަށް އެޢާއިލާއަށް 15 ދުވަހުގެ ކާބޯތަކެތި ލިބުންފިޔަވައި، އެހެން އެހީއެއް ލިބިފައި ނުވާތީ ކައުންސިލުން އެކަމާއި ކަންބޮޑުވާ ކަމަށާއި،

ކައުންސިލްގެ މާލީ ޙާލަތު މިވަގުތު ހުރިގޮތުން  ދޮންލަފަރުގޭގައި ދިރިއުޅޭ ޢާއިލާއަށް މާލީ ބޮޑު އެހީތެރިކަމެއް ދެވެން ނެތްކަން ފާހަގަ ކޮށް، ދޮންލަފަރުގޭގައި ދިރިއުޅޭ ޢާއިލާއަށް ލިބުނު ގެއްލުމަށް ކައުންސިލުން ދެވޭ ރަމްޒީ އެހީއެއްގެ ގޮތުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ޤުދުރަތީ ކާރިސާ ތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 30000.00ރުފިޔާ (ތިރީސް ހާސްރުފިޔާ)ގެ ރަމްޒީއެހީ ދޮންލަފަރުގޭގައި ދިރިއުޅޭ ޢާއިލާއަށް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/36

ތާރީޚް: 6 މާރޗް 2018