އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްއަށް ދިވެހިރައްޖެއިން ހޮވާލެވުނު ޤައުމީ ސްކޮޑްގައި އައްޑޫގެ ދަރިވަރަކު ހިމެނިފައިވާތީ

3 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2018 މޭއި 05 ވަނަ ދުވަހު ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްއަށް ދިވެހިރައްޖެއިން ހޮވާލެވުނު ޤައުމީ ސްކޮޑްގައި އައްޑޫގެ ދަރިވަރަކު ހިމެނިފައިވާތީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސްރީލަންކާގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕް2018 ގައި  ދިވެހިރައްޖެއިން ހޮވާލެވުނު ޤައުމީ ސްކޮޑްގައި އައްޑޫގެ ދަރިވަރަކު ހިމެނިފައިވާތީ އެދަރިވަރާއެކު ދަރިވަރުގެ ކޯޗް އަދި ބެލެނިވެރިޔާ ސްރީލަންކާއަށް ދަތުރުކުރުމަށް (ގަން – ލަންކާ / ލަންކާ – ގަން ) 2 ކޮޅު ދަތުރު ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/73

ތާރީޚް: 3 މޭއި 2018