އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދާއިމީ ކޮމިޓީތަކުން ހުށަހަޅާ މައްސަލަތައް ކޮމިޓީތަކުން ހުށަހެޅުމާއި، ކައުންސިލް ބިއުރޯއަށް ތަފްޞީލު ނުލިބޭ މައްސަލަ އެޖެންޑާ ނުކުރުން

8 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ދާއިމީ ކޮމިޓީތަކުން ހުށަހަޅާ މައްސަލަތައް ކޮމިޓީތަކުން ހުށަހެޅުމާއި، ކައުންސިލް ބިއުރޯއަށް ތަފްޞީލު ނުލިބޭ މައްސަލަ އެޖެންޑާ ނުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ         

ނިންމުން

މައްސަލަ ނިމުނުގޮތް:

2018 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެޖެންޑާ ނަމްބަރު 7 އަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ތަކަކީ، ބިޑްކޮމިޓީގެ މަސައްކަތު މަރުޙަލާގައި ނިމިފައިވާ ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލަތައްކަން ފާހަގަކޮށް، މީގެ ކުރިން ޢަމަލުކުރެވޭ އުޞޫލާއި ޚިލާފަށް މިމައްސަލަތައް ހުށަހަޅާފައިވަނީ ޕްރޮޖެކްޓް ސެކްޝަނުން ކަމުގައިވާތީ،

މީގެ ކުރިންވެސް މިބާވަތުގެ މައްސަލަތައް ( ކައުންސިލްގެ ދާއިމީ ކޮމިޓީ ތަކުގެ މަސައްކަތު މަރުހަލާ ނިންމުމަށްފަހު ކައުންސިލަށް ހުށަހަޅާ މައްސަލަތައް) ހުށަހަޅަމުން ގެންދަނީ އެމަސައްކަތް ކުރިއަށްގެންދާ ކޮމިޓީތަކުންކަން ފާހަގަކޮށް މިއަދު މިމައްސަލަތައް ކުރިއަށް ގެންދިޔަ ކަމުގައިވީނަމަވެސް، މިއަދުން ފެށިގެން ކައުންސިލްގެ ދާއިމީ ކޮމިޓީގެ މަސައްކަތުގެ މަރުހަލާ ނިމި ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ މަސައްކަތް ކުރިއަށްގެންދިޔަ ކޮމިޓީތަކުން ކަމަށާއި، މިނޫން ގޮތަކަށް ހުށަހަޅާ މައްސަލަތައް އެޖެންޑާ ކޮށްގެން ކުރިއަށް ނުގެންދިއުމަށާއި، ޑޮކިއުމެންޓް ތައް ނުލިބޭ މައްސަލަ އެޖެންޑާ ނުކުރުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް      

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/84

ތާރީޚް: 8 މޭއި 2018