އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ފޭދޫ އަވަށުގައި ބާބަކިއު ފަދަ ޙަރަކާތްތައް ބޭއްވޭނެ ވަޞީލަތް ޤާއިމުގެ ކުރުމުގެ މައްސަލަ

22 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ފޭދޫ އަވަށުގައި ބާބަކިއު، ޕާރޓީ އަދި ޕިކްނިކް ފަދަ ޙަރަކާތްތައް ބޭއްވޭނެ ވަޞީލަތް ޤާއިމުގެ ކުރުމުގެ މައްސަލަ ބިޑްކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ          

ނިންމުން

މައްސަލަ ނިމުނުގޮތް:

"މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލަ ދިރާސާސާ ކޮށް ބެލިބެލުމުގައި ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި މިމަސައްކަތަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި، ކައުންސިލުން މިމަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށް އެފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، މިމަސައްކަތަށް ކުރިން ކުރެވިފައިވާ އިޢުލާނު ބާޠިލުކުރުމަށްފަހު، މިސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/102

ތާރީޚް: 22 މޭއި 2018