އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ހުޅުދޫ ވައިޖެހޭގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައުންސިލްގެ ނިންމުން

13 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ހުޅުދޫ ވައިޖެހޭގޭގައި 26 އޮކްޓޯބަރ 2017 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައުންސިލްގެ ނިންމުން ނަމްބަރު 426-AA(3)/2017/257 އިން ކުރިއަށް ގެންދިއުމަށް ފާހަގަ ކުރެވިފައިވާ ކަންކަމަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލައަކީ 26 އޮކްޓޯބަރު 2017 ވަނަ ދުވަހު ހުޅުދޫ އަވަށު ގައި ހިނގި އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން ކައުންސިލަށް ހުށަހެޅުނު މައްސަލައަކާއި ގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތައް ހުރުމާއެކު، އެ މަޢުލޫމާތުތައް ސާފުކުރުމަށް ފާއިތުވި ނޮވެމްބަރު މަހު ސެކްޝަނަށް ފޮނުވުނު މައްސަލައެއް ކަންފާހަގަކޮށް، މިބާވަތުގެ މައްސަލަތަކުގައި ކައުންސިލް އިދާރާއާއި އިދާރާގެ އަވަށު އޮފީސްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމް ހަމޖެއްސުން މުހިއްމުކަމަށާއި، މިފަދަ މައްސަލަތައް ކައުންސިލުން ލަސްވެގެން ދާކަމީ ކައުންސިލް އެކަމާއި ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، ކައުންސިލްގެ މާލީ ޙާލަތު ހުރިގޮތަށްބަލައި،މި ހާދިސާއާއި ގުޅިގެން މާލީ ބޮޑު އެހީތެރިކަމެއް ދެވެން ނެތުމުން  ކައުންސިލްގެ އާމްދަނީ ބަޖެޓްގައި، ކާރިސާ ތަކާއި ގުޅިގެން ކުރިމަތިވާ ކަންކަމަށް އެހީވުމަށް ކަނޑައަޅާފައިވާ ބަޖެޓް ކޯޑުން އައްޑޫ ހުޅުދޫ ވައިޖެހޭގޭ ގައި ދިރިއުޅޭ ޢާއިލާއަށް ކައުންސިލުން ދެވޭ ރަމްޒީ އެހީއެއްގެ ގޮތުން 5000.00ރުފިޔާ (ފަސްހާސްރުފިޔާ) ގެ މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފަޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/49

ތާރީޚް: 13 މާރޗް 2018