އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުން އައްޑޫސިޓީ ކައުންސިލްގެ ނަމުގައި، މާލޭ ސިޓީގެ ރަށްވެހިންނަށް އުފަން ދުވަހުގެ ސެޓްފިކެޓް ހަދާދެމުން ގެންދާ މައްސަލަ

26 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އަވަށު އޮފީހުން އައްޑޫސިޓީ ކައުންސިލްގެ ނަމުގައި، މާލޭ ސިޓީގެ ރަށްވެހިންނަށް (މާލެ، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށްވެހިންނަށް) އުފަން ދުވަހުގެ ސެޓްފިކެޓް ހަދާދެމުން ގެންދާ މައްސަލައިގައި ޤާނޫނީގޮތުން އެއްވެސް ހުރަހެއް ކުރިމަތިވާނަމަ މިކަން ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ             

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މީގެ ކުރިން އައްޑޫގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވެ، އައްޑޫގައި ދިރިއުޅެމުން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން، އައްޑޫގެ ރަށްވެހިކަން ދޫކޮށް، ދަފްތަރު/މާލެ ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ އަވަށު އޮފީސްތަކުން އުފަންދުވަހުގެ ސެޓްފިކެޓް ހަދައި ދިނުމަކީ، އެ ކަމުގައި ޤާނޫނީ ގިނަގުނަ މައްސަލަތައް ނިކުމެ، ކައުންސިލްގެ މެންޑޭޓާއި އެއްގޮތަށް ކައުންސިލް ހިންގުމުގެ މަސައްކަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅި، ކައުންސިލް ހިންގުމުގެ މަޤްޞަދު ގެއްލޭފަދަ ގޮތަކަށް ކުރެވެމުންދާ ކަމެއްކަމަށް ފާހަގަ ކުރެވޭތީ، ހެދިފައިވާ ޤަވާޢިދާއި ޚިލާފަށް މިކަން ހިނގާފައިވާނަމަ، މިކަމުގައި ޝާމިލުވާ މުވައްޒަފުންނަށް ސިވިލްސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާ، މިފަދަ ކަންކަން ތަކުރާރު ނުވާގޮތެއްގެ މަތިން އެންމެހާ އިންތިޒާމް ހަމަ ޖެއްސުމަށާއި، އަވަސް މައްސަލައެއްގެ ގޮތުގައި މި ކަން ހިނގާފައި ވާގޮތް ބަލައި،  ދަފްތަރު/މާލެ ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ސެޓްފިކެޓް ހަދައިދެވިދާނެ ކަމުގެ ޤާނޫނީ ލަފާ ހޯއްދަވައި، މިގޮތަށް ސެޓްފިކެޓް ހަދައި ދެވިދާނެ ކަމަށް ޤާނޫނީ ލަފާ ލިބިއްޖެނަމަ، އެފަރާތްތަކަށް ސެޓްފިކެޓް ހަދައި ދޫކުރެވޭނެ އިންތިޒާމް ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތެއްގައި ހަމަޖެއްސުމަށް ފެންނަކަމަށާއި، މިކަމާއި ގުޅޭ ގޮތުން ތައްޔާރުކުރެވޭ ރިޕޯރޓް ކައުންސިލާ ހިއްސާކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/116

ތާރީޚް: 26 ޖޫން 2018