އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން، މާލޭ ސިޓީގެ ރަށްވެހިންނަށް އުފަން ދުވަހުގެ ސެޓްފިކެޓް ހަދާދެމުން ގެންދާ މައްސަލަ

4 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލުން، މާލޭ ސިޓީގެ ރަށްވެހިންނަށް (މާލެ، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށްވެހިންނަށް) އުފަން ދުވަހުގެ ސެޓްފިކެޓް ހަދާދެމުން ގެންދާ މައްސަލައިގައި ޤާނޫނީގޮތުން ކަންއޮތްގޮތް ބަޔާންކޮށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް               

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 7/92 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތު ކުރުމާބެހޭ ޤާނޫނު) އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:     221-AF/CIR/2013/9 ސަރކިއުލަރ (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ގުޅޭ ގޮތުން ކައުންސިލްތަކުން ޢަމަލުކުރާނެގޮތުގެ އުޞޫލު) އަދި ޤަވާޢިދު ނަންބަރު 179/2015 (އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ކުދިންގެ މަޢުލޫމާތު ބެލެހެއްޓުމާއިބެހޭ ޤަވާޢިދު) ގެ މައްޗަށް ރިޢާޔަތްކޮށް،

  1. އައްޑޫ ސިޓީ އަށް އުފަންވާ އެހެން އަތޮޅެއް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ކުއްޖެއްގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުމަށް ފޫޅުމާ ފޯމް ހުށަހެޅުމުން، އެކުއްޖަކަށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދޭންވާނެކަމަށާއި،
  2. ކުރިން އައްޑޫގައި ރަޖިސްޓްރީ ވެފައިވާ  އެހެންނަމަވެސް މިހާރު މާލޭ ދަފްތަރުގައިވާ ފަރާތްތަކުގެ އުފަންދުވަހުގެ ސެޓްފިކެޓް މާލެ ސިޓީ ކައުންސިލުން ހަދައިދިނުމުގެ އިންތިޒާމް ހަމަޖެހުމާއި ހަމައަށް އެފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލަށް އުފަންދުވަހުގެ ސެޓްފިކްޓް ހެއްދުމަށް ހުށަހެޅުމުން މަޢުލޫމާތު ރަނގަޅަށް ޗެކްކުރުމަށް ފަހު އެފަރާތްތަކަށް އުފަންދުވަހުގެ ސެޓްފިކެޓް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ހަދައިދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން  މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ހުށަހެޅުން ހުށަހެޅި: ޑެޕިއިޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/126

ތާރީޚް: 4 ޖުލައި 2018