އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތާއި މެދު ރައްޔިތުން ދެކޭގޮތް ހާމަކޮށް މަރަދޫ އޮފީހުން ހުށަހެޅި ޕެޓިޝަންަ

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މަރަދޫ އަވަށުގައި މަސް މާރުކޭޓެއް ޢިމާރާތް ކުރމުގެ މަސައްކަތާއި މެދު ރައްޔިތުން ދެކޭގޮތް ހާމަކޮށް މަރަދޫ އޮފީހުން ހުށަހެޅި ޕެޓިޝަނާއި މެދު ޢާއްމު ކޮމިޓީއަށް ކައުންސިލުން މައްސަލަ ހުށަހަޅާފައިވާތީ، މިކަމާއިމެދު މަޝްވަރާކޮށް، ކައުންސިލަށް ލަފާ ދިނުމުގެ ގޮތުން ހުށަހަޅާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:   އައްޑޫސިޓީ ކައުންސިލް އިދާރާގެ ޢާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މުގައްރިރުގެ ހައިސިއްޔަތުން ކައުންސިލަރ އަލީފަހުމީ އަހުމަދު މި މައްސަލަ ހުށަހެޅުމުން މިމައްސަލަ ކައުންސިލަށް ވަނީ ބަލައިގެންފައެވެ. މަރަދޫ ރައްޔިތުންގެ ފަރާތުން މިކަން އަވަސްކޮށްދެއްވުން އެދި ޕެޓިޝަނެއް ހުށަހަޅާފައިވާތީ އާއި އައްޑޫގައި މަސް މާރުކޭޓެއް ހެދިފައިވުމަކީ މިސިޓީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވާތީ، އާއްމުކޮމިޓީން ހުށަހެޅިގޮތަށް ފާސްކޮށްދެއްވުމަށާއި، އަދި ކައުންސިލާއި އެފަރާތާއި ދެމެދު ގާނޫނީ އިޖުރާއަތްތަކާއި އެއްގޮތަށް އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކައުންސިލަރ ފައިސަލް އިބްރާހީމް ހުށަހެޅުއްވިއެވެ.

މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/134

ތާރީޚް: 18 ޖުލައި 2018