އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެހީ ދިނުމާއި ބެހޭ ގަވާއިދު، ކައުންސިލްގެ އިދާރާގެ 2017 ވަނަ އަހަރުގެ 49 ވަނަ ނަންބަރު ނިންމުމުން އެއިރުގެ ޤަވާޢިދު ކޮމިޓީއަށް ހުށަހަޅާފައިވާތީ

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އެހީ ދިނުމާއި ބެހޭ ގަވާއިދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2017 ވަނަ އަހަރުގެ 49 ވަނަ ނަންބަރު ނިންމުމުން އެއިރުގެ ޤަވާޢިދު ކޮމިޓީއަށް ހުށަހަޅާފައިވާތީ، އެ ގަވާއިދު ޢާއްމު ކޮމިޓީއިން ބަލައި ފާސްކުރުމުން ކައުންސިލުން މިގަވާއިދު ފާސްކުރުމަށް ހުށަހަޅާ މައްސަލަ .

މައްސަލަ ހުށަހެޅި ފަރާތް:  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޢާއްމު ކޮމިޓީ            

ނިންމުން

މައްސަލަ ނިމުނުގޮތް:

މުގައްރިރުގެ ހައިސިއްޔަތުން ކައުންސިލަރ ޢަލީފަހުމީ އަހުމަދު މި މައްސަލަ ހުށަހެޅުމުން، މި މައްސަލަ ކައުންސިލަށް ވަނީ ބަލައިގެންފައެވެ. އައްޑޫސިޓީ ކައުންސިލުން އެކި ފަރާތްތަކަށް އެހީ ދިނުމާއި ބެހޭ ޤަވާޢިދު ޢާއްމު ކޮމިޓީން ހުށަހެޅި ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ތާއީދު ލިބި، މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:   ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/135

ތާރީޚް: 18 ޖުލައި 2018