އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް އިދާރާއަށް ވޭނެއް ގަތުމުގެ މައްސަލަ

25 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލް އިދާރާއަށް ވޭނެއް ގަތުމުގެ މައްސަލަ ބިޑު ކޮމިޓީގެ މަރުޙަލާގައި ނިމިފައިވާ ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ              

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލް އިދާރާއަށް ވޭނެއް ހޯދުމަށް ބިޑު ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން؛

  • އެން.ޖޭ އިންވެސްޓްމެންޓުން ހުށަހެޅި ވެހިކަލް އުފެއްދި އަހަރަކީ 2010ވަނަ އަހަރަށްވުރެ ފަހުގެ ވެހިކަލެއްކަން ޔަޤީންކުރުމާއި،
  • އަދި މިއަދުގެ ޖަލްސާގައި ލީގަލް ލަފާ ލިބިފައިވާގޮތުގެމަތީން މި ވެހިކަލަކީ، މިވެހިކަލް އެތެރެކުރި ފަރާތުން އެން.ޖޭ އިންވެސްޓްމަންޓަށް ގެނަސްދީފައިވާ ވެހިކަލެއްކަން ޔަޤީންކުރުމާއެކު،

އެން.ޖޭ އިންވެސްޓްމެންޓާއި މަސައްކަތް ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/145

ތާރީޚް: 25 ޖުލައި 2018