އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 7 މެމްބަރުން ތަޖުރިބާ ދަތުރެއް ރާއްޖޭން ބޭރަށް ކުރުމަށް

8 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2018 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކޮމިޓީގެ 7 މެމްބަރުން ތަޖުރިބާ ދަތުރެއް ރާއްޖޭން ބޭރަށް ކުރުމަށް ފައިސާ ހޯދުން.

މައްސަލަ ހުށަހެޅި ފަރާތް:  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިފަދަ ދަތުރުތަކުގެ ސަބަބުން އަންހެނުން ބާރުވެރިކުރުވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ފެންނާތީ އާއި މި ދަތުރަކީ، 2018ވަނަ އަހަރުގެ ކޮމިޓީގެ އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމަކަށްވުމުން، ކޮމިޓީގެ ޙަރަކާތްތައް ހިންގުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން، 50250.00ރުފިޔާ ހަމަޖައްސައި ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/151

ތާރީޚް: 8 އޯގަސްޓް 2018