އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫފޭދޭ އޮށަނިމާގޭގައި ދިރިއުޅޭ ޢާއިލާތަކަށް ފާޚާނާ ކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުން އެދި ހުށަހަޅުއްވާ މައްސަލަ

15 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ މަރަދޫފޭދޭ އޮށަނިމާގޭގައި ދިރިއުޅޭ ޢާއިލާތަކަށް ފާޚާނާ ކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުން އެދި ހުށަހަޅުއްވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  މަރަދޫ ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މަރަދޫފޭދޫ އަވަށު އޮފީހުން ހުށަހަޅުއްވާފައިވާ ގޮތަށް، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން، މަސައްކަތް ކުރެވޭނެ އެންމެ ކުޑަ އަގުގެ ގޮތުގައި ހުށަހަޅާފައިވާ ކޮޓޭޝަނަށް މަސައްކަތް ޙަވާލުކޮށް، މަރަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ވީހާވެސް އަވަހަކަށް، މަރަދޫފޭދޭ އޮށަނިމާގޭގައި ދިރިއުޅޭ ޢާއިލާއަށް ފާޚާނާ ކުރެވޭނެ ނިޒާމް ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

މިޚަރަދު ހަމަޖެއްސެވުމަށް ނިންމަވާފައިވަނީ، ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަމާއި ގުޅުންހުރި ކަންކަން ކުރުމަށް ކައުންސިލް އާމްދަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑު 223999 ގެ ތެރެއިންނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/157

ތާރީޚް: 15 އޯގަސްޓް 2018