އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ކޮމިޓީތައް އުފެއްދުމުގައި ކައުންސިލުން ގޮތެއް ނިންމުން

16 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ކޮމިޓީތައް އުފެއްދުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އައްޑޫސިޓީގެ ތަރައްޤީގެ ސްޕީޑް ހަލުވިކޮށް ތަރައްޤީއަށް ކުރާ ކަންކަމުގައި، ކައުންސިލްގެ ދައުރު އިތުރު ކުރުމުގެ މަޤްޞަދުގައި، ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ވާގޮތުގެ މަތިން އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

 • އައްޑޫސިޓީ ކައުންސިލުން މީގެ ކުރިން އުފައްދާފައިވާ ސަބްކޮމިޓީ ތަކުގެ ތެރޭގައި ހިމެނޭ "އައްޑޫސިޓީ ކައުންސިލްގެ ޢާއްމުކޮމިޓީ" ފިޔަވައި ދެން ހުރި ސަބްކޮމިޓީތައް މިއަދުން ފެށިގެން އުވާލުމާއި،

 

 • އައްޑޫސިޓީ ކައުންސިލްގެ ޢާއްމު ކޮމިޓީގެ އުޞޫލަށް މިއަދު މި މައްސަލައާއި އެކު ހުށަހަޅާފައިވާ އިޞްލާޙާއި އެއްގޮތަށް ކޮމިޓީގެ މެމްބަރުން ކަނޑައަޅައި ކޮމިޓީގެ އުޞޫލު ފާސްކުރުމާއި،

 

 • އައްޑޫސިޓީ ކައުންސިލްގެ ޢާއްމު ކޮމިޓީގެ އިތުރަށް ކައުންސިލްގައި އިތުރު 5 ކޮމިޓީ އުފެއްދުމަށާއި، މިގޮތުން އުފައްދާ ކޮމިޓީ ތަކަކީ:-
 1. އިޤްތިޞާދީ ކޮމިޓީ
 2. ތަޢުލީމާއި ތިމާވެށި ކޮމިޓީ
 3. ސިއްޙަތާއި މުޖްތަމަޢު ކޮމިޓީ
 4. ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ
 5. ޔުޓިލިޓީސްއާއި މުވާޞަލާތު ކޮމިޓީ

 

 • މަތީގައި ބަޔާން ކުރެވިފައިވާ ކޮމިޓީތަކަށް ކައުންސިލުން ކަނޑައަޅާ މެމްބަރުން ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް ކަނޑައެޅުމާއި،
 • އިޤްތިޞާދީ ކޮމިޓީ
 1. ކައުންސިލަރ ފައިޞަލް އިބްރާހީމް (ކޮމިޓީގެ މުޤައްރިރު)
 2. ކައުންސިލަރ ޢަލީ ފަހިމީ އަޙްމަދު (ކޮމިޓީ މެމްބަރު)
 3. ކައުންސިލަރ ޙުސައިން ޙިޔާޟް  (ކޮމިޓީ މެމްބަރު)

 

 

 • ތަޢުލީމާއި ތިމާވެށި ކޮމިޓީ
 1. ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު   (ކޮމިޓީގެ މުޤައްރިރު)
 2. ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   (ކޮމިޓީ މެމްބަރު)
 3. ކައުންސިލަރ ޙުސައިން ޙިޔާޟް     (ކޮމިޓީ މެމްބަރު)

 

 • ސިއްޙަތާއި މުޖްތަމަޢު ކޮމިޓީ
 1. ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   (ކޮމިޓީގެ މުޤައްރިރު)
 2. ކައުންސިލަރ އިބްރާހީމް ޝުކުރީ    (ކޮމިޓީ މެމްބަރު)
 3. ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު   (ކޮމިޓީ މެމްބަރު)

 

 • ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ
 1. ކައުންސިލަރ އިބްރާހީމް ޝުކުރީ    (ކޮމިޓީގެ މުޤައްރިރު)
 2. ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   (ކޮމިޓީ މެމްބަރު)
 3. ކައުންސިލަރ ފައިޞަލް އިބްރާހީމް   (ކޮމިޓީ މެމްބަރު)

 

 • ޔުޓިލިޓީސްއާއި މުވާޞަލާތު ކޮމިޓީ
 1. ކައުންސިލަރ ޙުސައިން ޙިޔާޟް    (ކޮމިޓީގެ މުޤައްރިރު)
 2. ކައުންސިލަރ އިބްރާހީމް ޝުކުރީ   (ކޮމިޓީ މެމްބަރު)
 3. ކައުންސިލަރ ފައިޞަލް އިބްރާހީމް  (ކޮމިޓީ މެމްބަރު)

 

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  

ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/180

ތާރީޚް: 16 އޮކްޓޯބަރ 2018