އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ޢިމާރާތްތަކުގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޕްރޮޖެކްޓް

30 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކައުންސިލްގެ ޢިމާރާތްތަކުގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއިން ހުށަހަޅާފައިވާ ފީސިބިލިޓީ ރިޕޯރޓާއިމެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ އިން ހުށަހަޅާފައިވާ ފީސިބިލިޓީ ރިޕޯރޓް އިތުރަށް ދިރާސާ ކުރުމަށް " ޔުޓިލިޓީސް އާއި މުވާޞަލާތު ކޮމިޓީ "އަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ކައުންސިލަރ، އިބްރާހީމް ޝުކުރީ   

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/192

ތާރީޚް: 30 އޮކްޓޯބަރ 2018