އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. މަރަދޫ މިދިލިމާގޭގައި ދިރިއުޅޭ މަރްޔަމް ޒާހިރާގެ ޙާލަތު ބަޔާންކޮށް މަރަދޫ އަވަށު އޮފީހުން ތައްޔާރުކުރެވިފައިވާ ރިޕޯޓް ހުށަހަޅާފައިވާތީ

11 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ. މަރަދޫ މިދިލިމާގޭގައި ދިރިއުޅޭ މަރްޔަމް ޒާހިރާގެ ޙާލަތު ބަޔާންކޮށް މަރަދޫ އަވަށު އޮފީހުން ތައްޔާރުކުރެވިފައިވާ ރިޕޯޓް ހުށަހަޅާފައިވާތީ ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސާރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

   ސ. މަރަދޫ މިދިލިމާގޭގައި ދިރިއުޅެމުން ގެންދާ މަރްޔަމް ޒާހިރާގެ ޢާއިލާގެ ދިރިއުޅުމުގެ ޙާލަތު ބަލައި، މިޢާއިލާގެ ދިރިއުޅުމުގެ ޙާލަތު ޢާއްމު ޙާލަތަކަށް ގެނައުމަށްޓަކައި މިވަގުތުން މިވަގުތަށް ކޮންމެހެން ކޮށްދޭންޖެހިފައިވާ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށާއި، އިސްކަންދެވޭގޮތަށް ވިސްނަވައިގެން ކުރަން ހުރި ކަންކަމަށް ބޭނުންވާ ނަގުދު ފައިސާދިނުމުގެ ބަދަލުގައި، އެޢާއިލާއަށް ދިރިއުޅެވޭގޮތަށް ތަން (8’x9’ގެ) ހިޔާކޮށްދީ އަދި ފާޚާނާކުރެވޭނެ އިންތިޒާމް ހޯދައިދިނުމަށްޓަކައި ފާޚާނާއެއް ހަދައިދިނުމަށް ނިންމުނެވެ. މިގޮތުން ބަޖެޓްގެ ކުއްލި ޙާލަތުގައި އެހީތެރިކަންދެވޭ ކޯޑުން -/50،000 ރުފިޔާއަށްވުރެ އިތުރުނުވާނެގޮތަކަށް ޚަރަދުކުރުމަށް ނިންމުނެވެ. އަދި މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި އެގޮތުން، ނޫރުލްއިސްލާމް އަދި ރެޑްކްރެސެންޓްގެ އިތުރުން މިނިސްޓްރީއޮފް ފެމިލީ އެންޑް ޖެންޑަރގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި :  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު     

ހުށަހެޅުން ހުށަހެޅި : ކައުންސިލަރ ފައިޞަލް އިބްރާހީމް

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/151

ތާރީޚް: 11 ޖުލައި 2017