އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއށް ގެންދާ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ވޮލީ ބޯޅަ މުބާރާތުގައި މީދޫ ވޮލީ ޓީމް ބައިވެރި ވުމަށް

13 ޑިސެމްބަރ 2018     


މައްސަލަ

2018 ޑިސެމްބަރު މަހު ގައި ފުވައްލައް ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއށް ގެންދާ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ބޮލީ ބޯޅަ މުބާރާތުގައި މީދޫ ވޮލީ ޓީމް ބައިވެރި ވުމަށް ކުރަން ޖެހޭ ޚަރަދު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޙިޔާޟް     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މި މުބާރާތަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުޅުންތެރިން ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތަކަށް ވެފައި މިމުބާރާތަކީ ރާއްޖޭގެ ޤައުމީޓީމުގެ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ބައިވެރިވާ މުބާރާތަކަށްވާތީ، މިފަދަ މުބާރާތެއްގައި އައްޑޫގެ ޓީމެއް ބައިވެރިވެ އެޓީމުގެ ހުނަރު ދައްކައި އައްޑުއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރެވޭތީ،

ފާއިތުވި އަހަރުތަކުގެ ތަޖްރިބާއަށް ބަލާއިރު މީދޫ ވޮލީ ޓީމް 2016 ވަނައަހަރު ގެ މުބާރާތުގެ ރަނަރއަޕް އަދި 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދަފައި ވުމާއެކު, 2018 ވަނައަހަރު ވެސް އައްޑޫއަށް ރީތި ނަން ހޯދައި ދިނުމަށް މިޓީމް މަސައްކަތް ކުރާނެ ކަމަށް ޤަބޫލު ކުރެވެތީ، މިމުބާރާތުގައި މިޓީމް ބައިވެރި ވުމަށް ކުރަންޖެހޭ ޚަރަދު ބޮޑުކަން ފާހަގަކޮށް،

  " ކައުންސިލްގެ މާލީ ޙާލަތު ހުރިގޮތަށް ބަލައި މިޓީމު މުބާރާތުގައި ބައިވެރި ވުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑއެޅިފައިވާ  ފައިސާގެ ތެރެއިން 25000.00ރުފިޔާ (ފަންސަވީސްހާސްރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-AA(3)/2018/215

ތާރީޚް: 13 ޑިސެމްބަރ 2018