އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަވަށުގައި ސްޕޮރޓްސް އެރީނާ ތަރައްޤީކުރުމަށް ޗަކަނޫން ބިމެއް ދޫކުރުމަށް

16 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ މީދޫ އަވަށުން ސްޕޯރޓްސް އެރީނާއަށް ދޫކުރެވިފައިވާ ބިމަކީ ޗަކަ ބިމުން ދޫކުރެވިފައިވާ ބިމެއް ކަމުން އެ އަވަށުގައި ސްޕޮރޓްސް އެރީނާ ތަރައްޤީކުރުމަށް ޗަކަނޫން ބިމެއްދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫސިޓީ މީދޫގައި ބަށިކޯޓް، ނެޓްބޯލްކޯޓް، އަދި ވޮލީބޯލްކޯޓް ތަރައްޤީ ކުރުމަށް ކުރިން ދޫކުރެވިފައިވާ ބިން ދޫކުރެވިފައި ވަނީ ޗަކަ ބިން ސަރަހައްދުން ކަމަށްވެފައި، މިސަރަޙައްދު ތަރައްޤީ ކުރުމަށް ގިނަ ޢަދަދަކަށް ފަސް އަޅައި ބިންގަނޑު އެއްވަރު ކުރަންޖެހޭތީ ، އައްޑޫސިޓީ މީދޫ ސްޕޯރޓްސް އެރީނާ ކޯޓްތަކުގެ މަސައްކަތް ކުރުމަށް މީދޫ އަވަށުން 319.10  x 197.2 ފޫޓްގެ ޗަކަ ނޫން ސާފުބިމެއް އެ އަވަށުގެ ބަނދަރު ސަރަހައްދުން ހަމަޖައްސަވައި ދިނުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/216

ތާރީޚް: 16 ޑިސެމްބަރ 2018