އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޚަރަދު 1 އެކައުންޓްގައި ހުރި ބަޖެތްގެ ބާކީ ކައުންސިލްގެ އާމްދަނީއަށް ވެއްދުމާއި މެދު

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މިއިދާރާގެ 1277 ޚަރަދު 1 އެކައުންޓްގައި 2016 ވަނަ އަހަރުގެ އިދާރީ ބަޖެތްގެ ބާކީ 2,977,226.54 ރުފިޔާގެ ތެރެއިން އާމްދަނީ އަށް ނުވައްދާ ހުރި 977226.88ރުފިޔާ އާއި 2017 ވަނަ އަހަރުގެ އިދާރީ ބަޖެޓްގެ ބާކީގެ ގޮތުގައި ހުރި 180,949.09ރުފިޔާއާއި އެކު ޖުމުލަ 1,158,175.97ރުފިޔާ ކައުންސިލްގެ އާމްދަނީއަށް ވެއްދުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ފައިނޭންސް ސެކްޝަން          

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ފައިނޭންސް ސެކްޝަނުގެ ހުށަހެޅުމުގައި ވާގޮތުގެ މަތިން1,158,175.97ރުފިޔާ ކައުންސިލްގެ އާމްދަނީއަށް ވެއްދުމުގެ މަސައްކަތް ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/232

ތާރީޚް: 26 ޑިސެމްބަރ 2018