އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން ހުޅުދޫގައި އޮފީސް މެނޭޖްމަންޓްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިންގުމަށް

5 ނޮވެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން ހުޅުދޫގައި އޮފީސް މެނޭޖްމަންޓްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިންގުމަށް ހުޅުދޫ ނަސްރިއްޔާ  ޕްރީސްކޫލްގެ ކްލާސްރޫމެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ މަރުޙަލާގައި ނިމިފައިވާ  ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހުޅުދޫގައި އޮފީސް މެނޭޖްމަންޓްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއްހިންގުމަށް އެދި ހުށަހަޅާފައިވާކަން އެނގެން ނެތުމުން، ކައުންސިލްގެ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީން ނިންމާފައިވާ ގޮތަށް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއެކު އެއްބަސް ވުމެއް ހަދައި ނިންމިދާނެ ކަމަށް ނުފެންނާތީ މި މައްސަލަ އަލުން މުރާޖަޢާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ،ޖަމްޝީދާ މުޙައްމަދު  

ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/194

ތާރީޚް: 5 ނޮވެމްބަރ 2018