އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން

10 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނު މަގުން އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  މުނިސިޕަލްސަރވިސް އޮފީސް، ހިތަދޫ      

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، "މިމައްސަލައާއި އެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު، ހިތަދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނު މަގުން އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުގެ މުއްދަތު އިތުރުކޮށްދިނުމަށް ނުފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/004

ތާރީޚް: 10 ޖެނުއަރީ 2019