އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ސްކޫލް ގޯތި ތެރެ އެމް.ޑީ.ޕީ ގެވެރިކަމުގައި ހުޅުދޫގެ މަގު ތަކުގައި އެޅުމަށް ގެނަސްފައިވާ ގާތައް ބޭނުންކޮށްގެން ހެދުމަށް

10 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ ސްކޫލް ގެ ގޯތި ތެރޭގައި ފެންބޮޑު ވުމުން ސްކޫލް ގެ ދަރިވަރުންނަށާއި، ދަރިވަރުންނަށް ސްކޫލްގައި ހިންގާ އެސެމްބްލީ ފަދަ އެކި ހަރަކާތްތައް ހިންގުމަށްދަތިވަތީ، އެމް.ޑީ.ޕީ ގެވެރިކަމުގައި ހުޅުދޫގެ މަގު ތަކުގައި އެޅުމަށް ގެނަސްފައިވާ ގާ ތައް ބޭނުންކޮށްގެން ސްކޫލް ގޯތި ތެރެ ރަނގަޅު ފެންވަރަކަށް ހެދުމަށް ސްކޫލުން ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ      

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މައްސަލާގައި ފާހަގކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ހުޅުދޫ ސްކޫލް ގެ ގޯތި ތެރޭގައި ފެންބޮޑުވެ ކުރިމަތި ވަމުން އަންނަ މައްސަލައަށް ޙައްލެއް ހޯދައި ދިނުމަށްޓަކއި، އެމް.ޑީ.ޕީ ގެވެރިކަމުގައި ހުޅުދޫގެ މަގު ތަކުގައި އެޅުމަށް ގެނަސްފައިވާ ގާތައް ބޭނުން ކޮށްގެން، ސްކޫލްގެ ގޯތި ތެރެ ރަނގަޅު ފެންވަރަކަށް ހެދުމަށް ފެންނަކަމަށާއި،

ދެންނެވިފައިވާ ގޮތުގެ މަތިން ސްކޫލް ގޯތިތެރޭގައި ގާތައް އެޅުމުގެ މަސައްކަތް ޕަބްލިކް ވޯރކްސް ސަރވިސް ހުޅުދޫ ޔުނިޓްގެ މުވައްޒަފުން ބޭނުންކޮށްގެން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/005

ތާރީޚް: 10 ޖެނުއަރީ 2019