އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'މަނިކު ދަނޑު' ހުޅަނގު ފަރާތު ގަސްތައް ކޮށައި ސާފުކުރުމާއި 'މަނިކު ދަނޑު' ސިކިއުރިޓީ ލައިޓް ޖެހުން

25 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

'މަނިކު ދަނޑު' ހުޅަނގު ފަރާތު ގަސްތައް ކޮށައި ސާފުކުރުމާއި 'މަނިކު ދަނޑު' ސިކިއުރިޓީ ލައިޓް ޖެހުން

މައްސަލަ ހުށަހެޅި ފަރާތް: މުޙައްމަދު ޔަސްރިފް  ޑިޕިއުޓީ މޭޔަރ

ނިންމުން

މައްސަލަ ނިމުނުގޮތް:

        މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

'މަނިކު ދަނޑު'ގެ ހުޅަނގު ފަރާތުން ގަސްތައް ކޮށައި ސާފުކޮށް ފެންސް ޖެހުމަކީ މިވަގުތަށް ބޭނުންވެފައިވާ ކަމަކަށްވެފައި، ސާފުނުކުރެވި އޮތުމުން ބޮޑު ޚަރަދުކުރުމަށްފަހު ޖެހިފައިވާ ފެންސް ހަލާކުވެފައިވާތީއާއި، ޒުވާނުން ކުޅުމަށާއި ޖޮގިންފަދަ ކަންކަމުގައި ދަނޑު ބޭނުންކުރާއިރު ދަނޑުގައި ލައިޓް ޖެހިފައި ހުރުމަކީ އެފަދަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށްވާނެތީ، ކަރަންޓް ޚަރަދު ކުޑަ ލެޑް ލައިޓް ނަމަވެސް ޖަހައި، ދަނޑުގެ ފެންސުން ފެށިގެން 10ފޫޓް ދުރުމިނަށް ސާފުކޮށް ދަނޑުގައި ސިކިއުރިޓީ ލައިޓް ޖެހުމަށްޓަކައި 3 ފަރާތުން ކޯޓޭޝަން ހޯދައި ހުށަހެޅިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރަން ފެންނަ ކަމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް           

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/162

ތާރީޚް: 25 ޖުލައި 2017