އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ މިސްކިތްތަކަށް ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުން

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ މިސްކިތްތަކަށް ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ ހުރިހާ މިސްކިތްތަކުގައި ވުޟޫ ކުރުމަށް ބޭނުންކުރާ އިސްކުރު ތަކަށް ސާފުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ކުރިއަށް އޮތް ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫ ސިޓީގެ ހުކުރު ކުރާ ހުރިހާ މިސްކިތްތަކުގައި ވޫޟޫކުރާ އިސްކުރު ތަކަށް ސާފު ފެން ގުޅައި ވުޟޫ ކުރާ އިސްކުރު ތަކުން ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށާއި މި މަސައްކަތް ކުރުމަށް ހިނގާ ޚަރަދު ހަމަޖެއްސުމުގުގައި ކައުންސިލްގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރެވުމުން މިކަމަށް ކަނޑައެޅޭ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ އަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/66

ތާރީޚް: 26 ފެބުރުއަރީ 2019