އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ގާރޑަން އެކްސްޕޯ ބޭއްވުމުގައި ކައުންސިލްގެ އެހީތެރި ކަމެއް ހޯދުމަށް

5 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ގާރޑަން އެކްސްޕޯ ގެ ނަމުގައި މި އަހަރުގެ މާރިޗް މަހުގެ 15 އަދި 16 ދެ ދުވަހު އައްޑޫފްރެންޑްސް އިން ބޭއްވުމަށް ހަމަ ޖެހިފައިވާ ގާރޑެން އެކްސްޕޯ ބޭއްވުމުގައި ކައުންސިލްގެ އެހީތެރި ކަމެއް ފޯރު ކޮށްދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:   ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ގާރޑެން އެކްސްޕޯ އަކީ އައްޑޫގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ޙަރަކާތަކަށް ވެފައި، އައްޑޫ ފްރެންޑްސް ޖަމްޢިއްޔާއިން އިސް ނަންގަވައިގެން އައްޑޫގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މިފަދަ މުހިއްމު ޙަރަކާތެއް އައްޑޫގައި ރާވައި ހިންގުމަށް މަސައްކަތް ކުރަމުންދާތީ، މިކަމުގައި ކައުންސިލް ބައިވެރިވެ ޖަމްޢިއްޔާއަށް ހިތްވަރު ދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް އައްޑޫގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކަންކަން ރާވައި ހިންގުމަށް ޖަމުޢިއްޔާތަކުގެ ބައިވެރި ވުން ލިބިގެން ދިއުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ،

މައްސަލައާއި އެކު ހުށަހަޅާފައިވާ ޕްރޮޕޯސަލް އަށް ބަލައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ  ކޯޑް ނަމްބަރު 228999 ގައި ޖަމްޢިއްޔާ ޖަމާޢަތް ތަކުން ބާއްވާ އެކި އެކި ޙަރަކާތްތަކަށް އެހީ ދިނުމަށް ކަނޑައެޅިފައިވާ ބަޖެޓް އިން 10000.00ރުފިޔާގެ އެހީތެރިކަން އައްޑޫ ފްރެންޑްސް ކްލަބަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު             

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/81

ތާރީޚް: 5 މާރޗް 2019