އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 20000 އަކަފޫޓްގެ ބިމެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 20000 އަކަފޯޓްގެ ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޢުމުރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

        މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިއީ މާލެއިން ބޭރުގައި ހިންގާ ހަމައެކަނި އެސޯސިއޭޝަން ކަމަށްވެފައި، ކައުންސިލްގެ ނިންމުމުގައި ލަފާދެއްވާފައިވާ ފަދައިން އެއްބަސްވުމުގެ ތެރެއިން 4،000 (ހަތަރު ހާސް) އަކަފޫޓްގެ ބިމެއް ޢުމްރާނީ ތަރައްޤީ އާއި ބޯހިޔާވަހި ކަމުގެ ކޮމިޓީ އިން ނިންމާފައިވާ ގޮތުގެ މަތީން ރޯވިންގ އެސޯސިއޭޝަނަށް ދިނުމަށް ފެންނަ ކަމަށާއި އަދި އެފަރާތުން ބިމުގައި ކުރާ ޢިމާރާތެއް ބިން ދޫކޮށްލުމުން ކައުންސިލަށް ލިބޭނެފަދަ ގޮތެއްގެ މަތިން ރޯވިންގ އެސޯސިއޭޝަނަށް ބިން ދޫކުރުމަށް ފެންނަކަމަށް ފާސް ކުރުމަށް ހުށަހެޅި، އެ ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް          

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/115

ތާރީޚް: 2 އެޕްރީލް 2019