އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ ބޭންކް އެކައުންޓްތައް އޮޕަރޭޓް ކުރުމަށް ސޮއި ކުރުމުގެ ހުއްދަ

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  ކައުންސިލްގެ އިދާރާގެ ބޭންކް އެކައުންޓްތައް އޮޕަރޭޓް ކުރުމަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާ ބޭފުޅުންގެ ތެރެއިން 01 ބޭފުޅަކު ސޮއި ކުރުމަށް ޢުޒުރު ވެރިވެ ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން          

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އިދާރީ މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓްތައް އޮޕަރޭޓް ކުރުމަށް ސޮއި ކުރައްވާނެ 1 ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުމަށް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅި، އެ ހުށަހެޅުމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބިފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ކައުންސިލަރ ޙުސައިން ހިޔާޟް          

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/118

ތާރީޚް: 2 އެޕްރީލް 2019