އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޙްޔާ ޕްރޮގްރާމް ރަމަޟާން މަހު ކުރިއަށް ގެންދިއުމަށާއި ބަޖެޓް ފާސްކުރުމަށް

23 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އިޙްޔާ ޕްރޮގްރާމް ރަމަޟާން މަހު ކުރިއަށް ގެންދިއުމަށާއި ބަޖެޓް ފާސްކޮށް ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ އިޙްޔާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށާއި،

އަދި ކައުންސިލްގެ ބަޖެޓުގެ ކޯޑު 223013ގައި "ދުވަސްތަކާއި މުނާސަބަތު ފާހަގަކުރުމަށް" ހަމަޖެހިފައިވާ އެކްޓިވިޓީގެ ތެރެއިން، މިޕްރޮގްރާމް ހިންގުމަށް ލަފާކުރާ ޚަރަދުގެ ބަޖެޓުގެ ގޮތުގައި 248000.00 (ދެލައްކަ ސާޅިސް އަށްހާސް) ރުފިޔާ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް           

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/130

ތާރީޚް: 23 އެޕްރީލް 2019