އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޓީމަށް ގެނައި ބޭރުގެ ދެ ކުޅުންތެރިން ފުރުވުމަށް ބޭނުންވާ ފައިސާގެ އެހީ ހަމަޖައްސައި ދެއްވުން

8 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަން ކަޕް ފުޓްބޯޅަ މުބާރާތާއިޒޯން މުބާރާތް ތަމްސީލުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ބައިވެރިވި ފޭދޫ ޓީމަށް ގެނައި ބޭރުގެ ދެ ކުޅުންތެރިން ފުރުވުމަށް ބޭނުންވާ ފައިސާގެ އެހީ ހަމަޖައްސައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

2017ވަނަ އަހަރުގެ މިނިވަން ޗެމްޕިއަން ކަޕް މުބާރާތާއި ޒޯން މުބާރާތް ތަމްސީލުކުރުމަށް،  އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި ބައިވެރިވި ފޭދޫ ޓީމަށް ގެނައި ބޭރުގެ ދެކުޅުންތެރިން، މުބާރާތް ނިމިފައިވުމުން ފުރުވާލުމުގައި ޓީމަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ، 2017 ވަނަ އަހަރުގެ ކައުންސިލް އާމްދަނީ ބަޖެޓުގެ 228010 "ޖަމާޢަތުގެ ފައިދާއަށްޓަކައި ކުރާ މަސައްކަތްތަކަށް އެހީގެ ގޮތުގައި ދޭ ފައިސާ"ގެ ކޯޑުގައި "ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ފޭދޫ ދާއިރާ" އަށް ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން، 25000.00ރުފިޔާ ފޭދޫ ޓީމަށް ދެއްވުމަށް ކައުންސިލަރ ޢަލީ ފަހުމީ އަޙުމަދު ހުށަހެޅި ހުށަހެޅުމުގެ އިތުރަށް،

2017 ވަނަ އަހަރުގެ ކައުންސިލް އާމްދަނީ ބަޖެޓުގެ 228999" އެހެނިހެން ގޮތްގޮތުން ދޭ އެހީގެ ފައިސާ"ގެ ކޯޑުގައި، "ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ދޭ އެހީ"ގެ އެކްޓިވިޓީގެ ތެރެއިން، 25000.00ރުފިޔާ އާއެކު ޖުމްލަ 50000.00 ރުފިޔާ ފޭދޫ ޓީމަށް ދެއްވުމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ހުށަހެޅުއްވި ހުށަހެޅުމަށް،

ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، ފައިސަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/170

ތާރީޚް: 8 އޯގަސްޓް 2017