އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ރައްޔިތުން ފިކުނިކު ދާނެ ތަނެއް ކަނޑައެޅުން

26 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގެ ރައްޔިތުން ފިކުނިކު ދާނެ ތަނެއް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް               

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ މަޤްޞަދުގައި، ހިތަދޫ އިރުމަތީ ފަރާތުން ހިތަދޫ ނެރު ކައިރީ އޮތް " އައުހެރަ" އާއި، މަރަދޫފޭދޫ ހުޅަނގު އުތުރުން އޮންނަ "ސަވާހިލި" ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކޮށް ރައްޔިތުންނަށް ދަތުރު ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކާއި މި 2 ރަށް ޙަވާލުކުރުމަށް ފެންނަކަމަށާއި،

އައްޑޫ ނޭޗަރޕާރކް ގައި ހިމެނޭ "ކަނޑިހެރަ" ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީ ކޮށްދިނުމަށް އެދި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގައި ދެންނެވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު           

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/109

ތާރީޚް: 26 މާރޗް 2019