އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އާރބަން ޑިވެލޮޕްމަންޓް ޕްލޭން ހެދުން އަދި ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުން

26 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގެ އާރބަން ޑިވެލޮޕްމަންޓް ޕްލޭން ހެދުން އަދި ލޭންޑް ޔޫޒް ޕްލޭން ރިވިއުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް               

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫ ޑިވެލޮޕްމަންޓް ޕްލޭން ނިމިފައިވުމާއި، އައްޑޫ ލޭންޑް ޔޫޒް މާސްޓަރ ޕްލޭން ހެދި ފަހުން އެކި ސަރަހައްދުތަކުގެ ބިން ބިމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއާއި، މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމަށް ކައުންސިލުން ތައްޔާރުވާން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، އައްޑޫގެ އާރބަން ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އައްޑޫގެ ލޭންޑް ޔޫޒް މާސްޓަރ ޕްލޭން ރިވިއު ކުރުމުގެ މަސައްކަތް  ކުރިއަށް ގެންދިއުމަށްޓަކައި ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނުކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކާއި މިމަސައްކަތް ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް            

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/110

ތާރީޚް: 26 މާރޗް 2019