އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ިގިރަމުންދާ ސަރަޙައްދު ހިމާޔާތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީ.އައި.އޭ ހެދުމުގެ މަސައްކަތް

11 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނުން ފެށިގެން ޑޭޒީމަގާއި ދެމެދު ހުޅަނގު ފަރާތުން ގިރަމުންދާ ސަރަޙައްދު ހިމާޔާތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީ.އައި.އޭ ހެދުމުގެ މަސައްކަތް.

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ             

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނުން ފެށިގެން ޑޭޒީމަގާއި ދެމެދު ހުޅަނގު ފަރާތުން ގިރަމުންދާ ސަރަޙައްދު ހިމާޔާތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ބިޑް ކޮމިޓީގެ މަސައްކަތު މަރުހަލާގައި އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބިފައިވާ "އިންސާ ޕްރައިވެޓް ލިމިޓެޑާއި" ޙަވާލުކޮށްގެން މި ސަރަޙައްދުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް.ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/123

ތާރީޚް: 11 އެޕްރީލް 2019