އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި ބީޗް ހެދުމަށް "ލަމަޔަރ ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކުރި ނިންމުމާމެދު ގޮތެއް ނިންމުން

21 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ނަންބަރ426-BR(3)2019/154  ކައުންސިލްގެ ނިންމުން އައްޑޫ ސިޓީގެ އެކި ސަރަހައްދު ތަކުގައި ބީޗް ހެދުމަށް ބޭނުންވާތީ އެފަދަ ބީޗްތަކަށް އެންމެ އެކަށޭނެ ސަރަހައްދެއް ހޯދުމަށް  އީ.އައި.އޭ ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތް ކަމަށްވާ "ލަމަޔަރ ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކުރުމަށް ނިންމެވި ނިންމުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ ނަންބަރ 426-BR(3)2019/154  ކައުންސިލްގެ ނިންމުން ނިންމިފަހުން ބޭރުގެ ހިލޭ އެހީއެއްގެ ދަށުން މި މަޝްރޫޢުގެ ބޮޑު ބައެއް ހެދޭނެ ގޮތް މެދުވެރިވެފައިވާތީ މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެއުމަށް ބޭނުންވާތީ ކައުންސިލްގެ ނަންބަރ 426-BR(3)2019/154  ނިންމުން ބާޠިލްކޮށް ބީޗް ޑިޒައިން ކުރުމާއި އީ.އައި.އޭ ހޯދުމުގެ މައްސަލަ އަލުން ބިޑް ކޮމިޓީ އަށް ފޮނުވުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/158

ތާރީޚް: 21 މޭއި 2019