އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ޓޯޓަލް ސްޓޭޝަން" ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ކޮމިޓީގެ ނިންމުން އަދި ކައުންސިލްގެ ނިންމުން ބާޠިލްކުރުމަށް

11 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ބިންބިމާއި ގުޅޭ ސާރވޭގެ މަސައްކަތް ކުރުމަށްޓަކައި "ޓޯޓަލް ސްޓޭޝަން" ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ކޮމިޓީގެ 07 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން އަދި ކައުންސިލްގެ ނަންބަރ 426-BR(3)/2019/153 ނިންމުން ބާޠިލްކޮށް ދިނުމަށްއެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،"އައްޑޫސިޓީގެ ބިންބިމާއި ގުޅޭ ސާރވޭގެ މަސައްކަތް ކުރުމަށްޓަކައި "ޓޯޓަލް ސްޓޭޝަން" ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ކޮމިޓީގެ 07 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން އަދި ކައުންސިލްގެ ނަންބަރ 426-BR(3)/2019/153 ނިންމުން ބާޠިލްކޮށް ދިނުމަށްއެދި" ހުށަހެޅި މައްސަލާގައި ބިޑް ކޮމިޓީގެ 07 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން އަދި ކައުންސިލްގެ ނަންބަރ 426-BR(3)/2019/153 ނިންމުން ބާޠިލްކޮށް ސިންގަލް ސޯރސް ޕްރޮކިއުމަންޓް އުސޫލާއި އެއްގޮތަށް 2 "ޓޯޓަލް ސްޓޭޝަން" ގަތުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/167

ތާރީޚް: 11 ޖޫން 2019