އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އެކި އެކި އަވަށުތަކުގެ ބިންތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަދޫކުރުމަށް އިޢުލާނުކުރުމަށް

11 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: 22/9 ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤަވައިދުގެ 4 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަން ތަރައްޤީކުރާ ބިންތަކެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ 22.03.2017 ގައި ކަނޑައަޅުއްވާފައިވާ އައްޑޫގެ އެކި އެކި އަވަށުތަކުގެ ބިންތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަދޫކުރުމަށް އިޢުލާނުކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤަވައިދު (22/9) ގެ 4 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަން ތަރައްޤީކުރާ ބިންތަކެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ 22.03.2017 ގައި ކަނޑައަޅުއްވާފައިވާ އައްޑޫގެ އެކި އެކި އަވަށުތަކުގެ ބިންތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަދޫކުރުމަށް އިޢުލާނު ކުރުމަށް" ހުށަހެޅި މައްސަލާގައި ޓޫރިޒަމްގެ ބޭނުމަށް އައްޑޫސިޓީގެ އެކި އެކި އަވަށްތަކުން ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިންތަކުން 5،000 އަކަފޫޓާއި 10،000 އަކަފޫޓުގެ ބިންތައް (އަވަށްތައް ވަކިވަކިން) ވާދަވެރި ބީލަމަކަށް ހުޅުވާލުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/174

ތާރީޚް: 11 ޖޫން 2019