އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި މަތީ ތަޢުލީމުގެ ދާއިރާއިން އިންވެސްޓްކުރާނެ ފަރާތްތަކަށް ބިން ދޫކުރުމަށް

19 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތަޢުލީމީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އައްޑޫގައި މަތީ ތަޢުލީމުގެ ދާއިރާއިން އިންވެސްޓްކުރާނެ ފަރާތްތަކަށް ބިން ދޫކުރުމަށް ކައުންސިލުންގެ ނަންބަރ 426-BR(3)/2019/145 ނިންމުން އިސްލާޙުކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ފައިޞަލް އިބްރާޙިމް           

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތަޢުލީމީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި މަތީ ތަޢުލީމުގެ ދާއިރާއިން އައްޑޫގައި އިންވެސްޓްކުރާނެ ފަރާތްތަކަށް ބިން ދޫކުރުމަށް ކައުންސިލުންގެނަންބަރ 426-BR(3)/2019/145  ނިންމުން އިސްލާޙުކުރުމަށް" ހުށަހެޅި މައްސަލާގައި ކައުންސިލްގެ ނަންބަރ 426-BR(3)/2019/14 ނިންމުން އިސްލާޙުކުރުމަށާއި ކައުންސިލްގެ އިޢުލާން ނަންބަރ  (IUL)426-AB/426/2019/185ބާޠިލްކޮށް މަތީ ތަޢުލީމު ދޭ ތަންތަން ގާއިމްކުރުމަށް ހިތަދޫ އިން 25،000 އަކަފޫޓުގެ ބިންތައް އަދި ހުޅުދޫ މީދޫ އިން 25،000 އަކަފޫޓުގެ ބިންތައް ވާދަވެރި ބީލަމަށް ހުޅުވާލުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު          

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާޙިމް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/175

ތާރީޚް: 19 ޖޫން 2019