އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސް މާރުކޭޓް ތަރައްޤީ ކުރުމަށް

25 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސް މާރުކޭޓް ތަރައްޤީ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މަސްމާރުކޭޓް ޤާއިމުވެފައި ހުރުމުގެ މުހިއްމުކަން އައްޑޫގެ ރައްޔިތުންނަށް ބޮޑުވެފައިވާ ކަމަށާއި، ބަނދަރުމަތީގައާއި، އަވަށްތަކުގެ އެކި ސަރަޙައްދުތަކުގައި މަސް ބަހައްޓައިގެން ވިއްކަމުން ދިއުމުން، އަވަށުގެ ސާފު ތާހިރުކަން ގެއްލެމުންދާކަން ފާހަގަ ކުރެވޭތީއާއި، ތަފާތުއެކި ސަރަޙައްދު ތަކުގައި މަސްވިއްކަމުން ދިއުމުގެ ސަބަބުން ވިއްކާ މަހުގެ ތާޒާކަމާއި ރައްކާތެރިކަން ގެއްލި ތަފާތު ދަތިތަތައް ރައްޔިތުނަނަށް ދިމާވަމުންދާކަމުގެ ޝަކުވާ އިތުރުވަމުން އަންނާތީއާއި،

އައްޑޫއަކީ ގިނަ ފަތުރުވެރިން ދަތުރު ކުރަމުންއަންނަ މަންޒިލަކަށްވެފައި، އައްޑޫގެ ސާފު ތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، މަސްވެރިން ވިއްކާ މަސް އެއްތަނަކުން ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން،

  • ހިތަދޫ އަވަށު ބަނދަރު ސަރަޙައްދުން ކަނޑައެޅޭ ސަރަޙައްދުގައި 01 މަސް މާރުކޭޓް ތަރައްޤީކުރުމާއި،
  • ހިތަދޫ އަވަށު މިސްކިތް ފަންނު ސަރަޙައްދުން ކަނޑައެޅޭ ތަނެއްގައި 01މަސްމާރުކޭޓް ތަރައްޤީ ކުރުމާއި އަދި،
  • މަރަދޫ ބަނދަރު ސަރަޙައްދުން ކަނޑައެޅޭ ސަރަޙައްދެއްގައި 01 މަސްމާރުކޭޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި،  

މި މސައްކަތް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާއި އެއްގޮތަށް ޑިޒައިން، ޑިވެލޮޕް އަދި އޮޕަރޭޓް ކުރުމުގެ މަސައްކަތް ޕީ.ޕީ.ޕީ ގެ ދަށުން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލް އިބްރާޙިމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/192

ތާރީޚް: 25 ޖޫން 2019