އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ާ ފްލެޓްތަކަށް ކަރަންޓް ލުމަށްޓަކައި އެސަރަޙައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބިމެއް ހަމަޖެއްސަވައި ދެއްވުމަށް

1 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސަރުކާރުގެ ފަރާތުން ހުޅުދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓް ލުމަށްޓަކައި އެސަރަޙައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބިމެއް ހަމަޖެއްސަވައި ދެއްވުން އެދި ފެނަކަ ކޯޕަރޭޝަނުން ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް 

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގައި ހައުސިންގ ޔުނިޓްތައް ޤާއިމު ކުރެވިފައި ވަނީ ހުޅުދޫ އަވަށާއި، ހިތަދޫ އަވަށުގައި ކަމުން މި 2 ސަރަޙައްދުގައިވެސް ޤާއިމުކުރެވިފައި ހުރި ހައުސިންގ ޔުނިޓްތަކަށް ކަރަންޓްލުމަށްޓަކައި ޓްރާންސްފޯރމަރު ބެހެއްޓުމަށް 2 އަވަށުގެ ހައުސިންގ ޔުނިޓް ސަރަޙައްދުން ޤަވާޢިދާއި އެއްގޮތަށް ބިން ހަމަޖައްސައި ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/193

ތާރީޚް: 1 ޖުލައި 2019